އެޗްޑީސީން ހުޅުމާލޭގައި ބޭއްވި ވޯޓަރ ސްޕޯޓްސް ކޭމްޕް ނިންމާލައިފި
4 Jan 2022
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި މޫދުކުޅިވަރަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކޭމްޕް ނިންމާލައިފިއެވެ.
މައި ހުޅުމާލެ ވޯޓަރ ސްޕޯޓްސް ކޭމްޕް 2021 ކުރިއަށް ގެންގޮސްފައިވަނީ 26 ޑިސެމްބަރު 2021 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކޭމްޕް ނިންމާލުމުގެ ގޮތުން ކޭމްޕުގައި ބައިވެރިވި ކުދިންގެ މެދުގައި 1 ދުވަހުގެ މުބާރާތެއްވެސް ބާއްވާފައިވެއެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ގިނަ ޕާޓްނަރުންތަކަކާއި އެކުއެވެ.
މިއީ ސްކޫލް ކުދިންގެ މިޑް ޓާމް ބްރޭކާއި ދިމާކޮށް، އެކުދިންނަށް ފައިދާހުރި މިފަދަ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު އެކުދިންނަށް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.
މި ކޭމްޕުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ ދެ ޖިންސުގެ ކުދިންނަށް އަމާޒުކޮށްގެން، މޫދު ކުޅިވަރެއް ކަމުގައިވާ "ސްޓޭންޑް އަޕް ޕެޑަލް ބޯޑް" ދަސްކޮށްދިނުންކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.