އައު އަހަރުގެ ބަންދަށް ރައީސް ސާލިޙްގެ ދެކަނބަލުން ސްރީލަންކާއަށް

30 Dec 2021

އައު އަހަރުގެ ބަންދަށް ރައީސް ސާލިޙްގެ ދެކަނބަލުން ސްރީލަންކާއަށް

އާ އަހަރުގެ ބަންދާ ދިމާކޮށް ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އަވަށްޓެރި ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ދެބޭފުޅުން އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިފެށޭ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ.

 އާ އަހަރާ ދިމާކޮށް އެމަނިކުފާނު ލަންކާއަށް ވަޑާގަންނަވާއިރު މީގެ ކުރިންވެސް ބައެއް ޗުއްޓީތަކުގައި އެމަނިކުފާނުގެ ދެކަނބަލުން ލަންކާއަށް ނުރަސްމީ ދަތުރުފުޅު ކުރައްވައެވެ.

Comments / ކޮމެންޓްތައް

Leave a Comment