ރޮބޮޓެއް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް މުޅި ފުއްޕާމޭ ޓްރާންސްޕްލާންޓެއް ކާމިޔާބުކޮށް ނިންމާލައިފި

23 Nov 2024

ރޮބޮޓެއް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް މުޅި ފުއްޕާމޭ ޓްރާންސްޕްލާންޓެއް ކާމިޔާބުކޮށް ނިންމާލައިފި

ސީވިއާ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ސީއޯޕީޑީ) ޖެހިފައިވާ މެޑިކަލް ޕްރޮފެޝަނަލެއް ކަމަށްވާ ޝެރިލް މެހެރްކަރް އަކީ ދުނިޔޭގެ ފުރަތަމަ ފުލީ ރޮބޮޓިކް ޑަބަލް ފުއްޕާމޭ ޓްރާންސްޕްލާންޓް ހާސިލްކުރި މީހާއެވެ.

މި ތާރީހީ އޮޕަރޭޝަން ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު މެންހަޓަންގެ އެންވައިޔޫ ލަންގޯން ހެލްތު ސެންޓަރުގައެވެ.

ނޭވާލާ ނިޒާމަށް ދިމާވާ ސީއޯޕީޑީ އާއި ހަނގުތާމު ކުރާތާ 10 ވަރަކަށް އަހަރު ވި އިރު ޝެރިލްގެ ހާލަތު އިތުރަށް ގޯސްވީ ކޮވިޑް-19 ގެ އިންފެކްޝަނަކާ ގުޅިގެން ނެވެ. އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު، މެޑިކަލް ޓެކްނޮލޮޖީގެ ހަރުފަތްތައް ފަހަތަށް ޖައްސާލާ މި އިނޮވޭޓިވް ޕްރޮސީޖާއަށް އޭނާ ޝަރުތު ހަމަވި އެވެ.

Image

މި ރޮބޮޓިކް ޓެކްނިކަކީ ޓްރާންސްޕްލާންޓް ކުރުމުގައި ވަރަށް ބޮޑު ކުރިއެރުމެކެވެ. މިނިމަލީ އިންވޭސިވް ސާޖިކަލް މެތަޑްތައް ބޭނުންކޮށްގެން، މި ޕްރޮސީޖާގެ ސަބަބުން ހަށިގަނޑަށް ލިބޭ ޓްރޯމާ ކުޑަކޮށް، ހޮސްޕިޓަލުގައި ތިބެންޖެހޭ ވަގުތު ކުރުވެ، ރިކަވަރީ ޓައިމްސް އަވަސްވެެގެން ދެއެވެ.

ރޮބަޓް ސެރްފޯލިއޯ ނެރުއްވި ބަޔާނެއްގައި ރޮބޮޓިކް ސާޖަރީގެ ފައިދާތަކަށް އަލިއަޅުއްވާލައްވައި، ވަށައިގެންވާ ޓިޝޫތަކަށް އެންމެ ކުޑަކޮށް ހުރަސް އެޅުމާއެކު ކޮމްޕްލެކްސް އޮޕަރޭޝަންތައް ކުރުމުގެ ފުރިހަމަކަމާއި ޤާބިލުކަމަށް އަލިއަޅުއްވާލެއްވިއެވެ.

ސާޖަރީއަށް ފަހު ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން މެހެރްކަރްގެ ހާލު ދަނީ ރަނގަޅުވަމުންނެވެ. އޭނާގެ ކާމިޔާބު ޕްރޮސީޖާ ރަމްޒުކޮށްދެނީ ޓްރާންސްޕްލާންޓް ސާޖަރީގެ އާ ފްރޮންޓިއާއެއް ކަމަށާއި، ފުއްޕާމޭގެ ސީރިއަސް މައްސަލަތައް ތަހައްމަލު ކުރަމުންދާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަލި މީހުންނަށް އުއްމީދު ތަކެއް ލިބިގެންދާ ކަމެކެވެ.

Comments / ކޮމެންޓްތައް

Leave a Comment